hulhudhaan.com

ހުޅުދާން ޑޮޓް ކޮމް އަށް މަރުހަބާ
ދަތުރުވެރިޔާގެ ނަމާދު
އިސްލާމީ ތަރުބިއްޔަތު - ދީނީ ލިޔުން
ހުކުރު, 29 މާރޗް 2013 23:37

އަޙްމަދު ހާޝިމް، ފިނިހިޔާ

ތަޢާރަފް:

ނަމާދަށް ޢަރަބި ބަހުން ކިޔަނީ الصَّلَاةَ އެވެ. މިބަހުގެ މާނައަކީ ދުޢާއެވެ. އިޞްތިލާޙީ މާނައަކީ، ނިޔަތަކާއެކު، ތަކްބީރަކުން ފަށައިގެން ސަލާމްދި

ނުމަކުން ނިމޭ، ޚާއްޞަ ޝަރުތުތަކެއްގެ މަތިން، ކަނޑައެޅޭ ޢަމަލުތަކަކާއި ބަސްތަކަކުން ﷲ އަށް އަޅުވެތިވާ އަޅުވެތިވުމެވެ.

ނަމާދަކީ ކީރިތިވަންތަ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމެވެ. ޝަހާދަތުގެ ދެކަލިމައާއި ޖެހިގެން އޮންނަ ދީނުގެ ދެވަނަ ރުކުނެވެ. އަޅާއާއި ﷲ އި ގުޅާލަދޭ ގުޅުމެވެ. ދީނުގެ ތަނބެވެ. އިސްލާމްވުނަށްފަހުގައި އަޅާގެ މައްޗަށް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބެއްކަމުގައިވާނީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.

އެންމެފަހުން ބަދަލުގެނެވުނީ ހުކުރު, 29 މާރޗް 2013 23:53
 
އިސްލާމީ ތަރުބިއްޔަތުގެ މުހިންމުކަން
އިސްލާމީ ތަރުބިއްޔަތު - ދީނީ ލިޔުން
ބުދަ, 10 އޭޕްރީލް 2013 00:06


ޝައްކެތްނެތް ގޮތުގައި ތަރުބިއްޔަތެއް ދިނުމަކީ އުނދަގޫ ކަމެކެވެ. ވަގުތުތަކެއް ވެސް ހޭދަވާ ކަމެކެވެ. ވަރަށް މާތް މުހިންމު މަސައްކަތެކެވެ. މި މައުޟޫޢުގެ މުހިންމު ނުކްތާތައް ފާހަގަކޮށްލާނަމެވެ

1. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހިވަސައްލަމަ- އަދި ޞަޙާބީން އަދި އޭގެފަހުން ވަޑައިގެންނެވި ތާބިޢީން ތަރްބިއްޔަތުގެ މައިދައިނުގައި ގެންގުޅުއްވި އުކުޅުތައް ދަސްކުރުން. އަދި އަޅުގަޑުމެންގެ ދަރީން އެގޮތުގައި ތަރްބިއްޔަތު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުން

އެންމެފަހުން ބަދަލުގެނެވުނީ ބުދަ, 10 އޭޕްރީލް 2013 00:35
 
ޙުސައިން ޞަލާޙުއްދީން
އަދީބުން - ފިރުކެންފެށި ދައުރު
ހޮނިހިރު, 30 މާރޗް 2013 19:27

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން މިހައިތަނަށް ދުށް އެންމެ ބޮޑު، އެންމެ ޚިދުމަތްތެރި އަދީބެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ޞަލާހުއްދީންގެ އެންމެ ބޮޑު އުސްތާޛަކީ އަލް ޢައްލާމާ އައްޝައިޚް އަލްޙާފިޡް އިބްރާހިމް ތަކުރުފާނު (ސ.މީދޫ އައިސާބީގެދަރު ދޮންބެއްޔާ) މިކަލޭގެ ފާނެވެ. ދެން އޭގެ ފަހުގައި ޞަލާޙުއްދީން ދަރިވަރުވެ ވަޑައިގަތީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނާއިބު ތުއްތު) އަށެވެ. އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު ސަރުކާރުން ދެއްވިއެވެ.

އެންމެފަހުން ބަދަލުގެނެވުނީ ހޮނިހިރު, 30 މާރޗް 2013 19:36
 
ޢަރަބި ކިޔަވަމާ 1
އިސްލާމީ ތަރުބިއްޔަތު - ޤުރުއާނާއި އޭގެ ޢިލްމު
އަންގާރަ, 24 ޖެނުއަރީ 2012 20:43

އަސްލު ލިޔުއްވީ: ފ. ޢަބުދުއްރަޙީމް އިންޑިޔާ

ތަރުޖަމާކޮށް ދިވެހިބަހުން އެކުލަވާލީ: އިބުނު ޢަބުދުއްރަޙްމާނު ޅޮހީ

ޢަރަބިބަހަކީ ކީރިތި ޤުރުއާނުގެ ބަހެވެ. އެއީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެބަހަކުން ވާހަކަދެއްކެވި ބަހެވެ. ﷲ ތަޢާލާގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތް ބަޔާންވެގެން އައި ބަހަކީ ޢަރަބި ބަހެވެ. ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

ޢަރަބި ބަސްވަނީ ދީނުގެ ތެރެއިންނެވެ. އަދި އެބަސް ދެެނެގަތުމަކީ ފަރުޟުވެގެންވާ ވާޖިބެކެވެ. ހަމަކަށަވަރުން ﷲ ތަޢާލާގެ ފޮތާއިި އަދި ސުންނަތް ދެނެގަތުމަކީ ވާޖިބެކެވެ. އެދެކަންތައްތައް ޢަރަބި ބަސް ނޭންގޭނަމަ ދެނެނުގަނެވޭނެއެވެ. ވާޖިބެއް ފުރިހަމަކުރުމަށް ކުރަންޖެހޭ ކޮންމެ ކަމަކީވެސް ވާޖިބެކެވެ.”

އެންމެފަހުން ބަދަލުގެނެވުނީ ހޮނިހިރު, 30 މާރޗް 2013 20:38
 
ތިކިޖެހިތާނަ ނުވަތަ ތާނައިގައި ހުންނަ ތިކިޖެހި އަކުރުތައް
ދިވެހިބަސް - ބަހުގެ ޤަވާއިދު
ބުދަ, 14 މާރޗް 2012 22:21

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

1- ތާނަ ލިޔުމުގައި ބައެއް އަކުރުގައި ތިކިޖަހައިގެން ލިޔުން

ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ދިވެހީންނަކީ ދޫ ފަސޭހަ ބަޔެކެވެ. އެހެނީ ގިނަ ބަސްބަހުން ވާހަކަދައްކާ އަޑު އަހާއިރު، މާދަރީ ބަސް ނޫން ބަހެއްގެ އަކުރުތައް ކިޔަން އެމީހުންނަށް ވަރަށް އުނދަގުލެވެ. ނަމަވެސް ދިވެހީންނަށް ދިވެހި ބަހުގެ އަހުލުވެރީންނަށް އެއީ ހަމަ ދާދި ފަސޭހަކަމެކެވެ.

މިސާލަކަށް: ޖަޕާނު މީހުން އަޅުގަނޑު ނުވަތަ މޯލްޑިވްސް ކިޔަން އުޅޭއިރު "ޅ"ގެ ބަދަލުގައި އަދި "ލ"ގެ ބަދަލުގައި "ރ" ގެ އަޑު ނުކުމެއެވެ.

އެންމެފަހުން ބަދަލުގެނެވުނީ ބުދަ, 14 މާރޗް 2012 22:55
 
ބޭރު ބަސްބަހުގެ ލަފުޒުތައް ތާނައިން ލިޔުއްވުން
ދިވެހިބަސް - ބަހުގެ ޤަވާއިދު
ބުދަ, 14 މާރޗް 2012 21:30

ޔޫސުފް ޢަލިފުޅު

މިހާރަކަށް އައިސް ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައި ހުންނަ ބައެއް ލިޔުންތަކުގައި އެއްލަފްޒެއްގެ އަކުރުތައް ތަފާތުގޮތްގޮތަށް ލިޔެފައިވާތީ އެބަފެނެއެވެ. ބައެއް ހަމަތަކެއްގެ މަތިން ބޭރުބަސްބަހާއި ގުޅި ތަރައްޤީވަމުން ދަންޏާ ވަރަށްގިނަ ތަފާތުތައް ހުރުމަކީ ނެތިނުދާނޭ ކަމަކަށްވުން ޖާއިޒެވެ. ބޭރުގެ ބަސްބަސް ކިޔަވާ ވިދާޅުވެގެން ވަޑައިގެންނެވި ބައެއްބޭފުޅުން ދިވެހިންނަށް ދިވެހިބަސް ކިޔަވައި ދެއްވަމުން ގެންދަވައިގެން ޑިގްރީ ޙާސިލްކުރާ ކުދިންނަކީ ދިވެހިބަހުގެ އުސްތާޛުންނެވެ.

އެންމެފަހުން ބަދަލުގެނެވުނީ ބުދަ, 14 މާރޗް 2012 22:21
 
ތާނައިގެ ތިކިޖެހި އަކުރު
ދިވެހިބަސް - ބަހުގެ ޤަވާއިދު
ބުދަ, 14 މާރޗް 2012 21:26

ޢަބްދުލްމުޢީދު ޙަސަން

ތާނައިގެ ތިކި ޖެހި އަކުރަކީ، ވަކި ތާނައެއް ނޫނެވެ. އެއީ ހަމަ ތާނައިގެ ތެރޭގައި ހިމެނޭ އަކުރުތަކެކެވެ. ތިރީގައިވާ ތާވަލުގައި އެވަނީ، ތާނައިގެ ތިކިޖެހި އަކުރުތަކެވެ . ތިކިޖެހި އަކުރުތައް، ތާނައިގައި ބޭނުންކުރަނީ، ހަމައެކަނި ޢަރަބި ލަފުޒުތައް ލިއުމަށްޓަކައެއް ނޫނެވެ. އެނޫން ބަސްތަކުގައި ހިމެނޭ އަޑުތައް ޙާޞިލުކުރުމަށްޓަކައި ވެސް ތާނައިގެ އަކުރުތަކުގައި ތިކި ޖެހެއެވެ.

އެންމެފަހުން ބަދަލުގެނެވުނީ ބުދަ, 14 މާރޗް 2012 21:29
 
ތިކިޖެހި ތާނަ ބޭނުން ނުކުރުމާމެދު އަޅުގަނޑު ދެކޭގޮތް
ދިވެހިބަސް - ބަހުގެ ޤަވާއިދު
ބުދަ, 14 މާރޗް 2012 21:18

 

ޢަބްދުﷲ ނަޢީމު އިބްރާހީމް

އަޅުގަނޑު ލިޔުނު ވެބްސައިޓް ތަކަށް ޚަބަރު ލިޔުމާ ބެހޭ މަޒްމޫނަށް ބޭފުޅަކު ފޮނުއްވި ޚިޔާލެއްގައި އަޅުގަނޑާ ސުވާލެއް ކުރައްވާފައި އޮތެވެ . އެއީ ތިކި ތާނަ ބޭނުން ނުކުރުމާ ބެހޭގޮތުން އަޅުގަނޑު ދެކޭ ގޮތަކީ ކޮބައިތޯއެވެ؟ މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ އެއީ ދިވެހި ބަހުގެ ޤަވާޢިދާ ޚިލާފުވުން ކަމަށް އަޅުގަނޑު ދެކެމޭ ދެންނެވުމެވެ.

އެންމެފަހުން ބަދަލުގެނެވުނީ ބުދަ, 14 މާރޗް 2012 21:25
 
ތަޢުހީދަކީ ކޮން އެއްޗެއް؟
އިސްލާމީ ތަރުބިއްޔަތު - އަޤީދާ
ހޮނިހިރު, 03 މާރޗް 2012 00:10

ދިވެހިންނާއި ތައުޙީދު

ދިވެހިބަހުގެ އެންމެ މުސްކުޅި އެއް ޅެންފޮތްކަމުގައިވާ ބޮޑުތާޙީދަކީ ތައުޙީދުގެ މައްޗަށް ލިޔެވުނު ރައިވަރުފޮތެކެވެ. މިފޮތުގެ ނަމަކީވެސް ތައުޙީދެވެ. އާދެ ބޮޑުތައުޙީދެވެ. ކުރުކޮށް ބުނަންޏާމު ބޮޑުތާޙީދެވެ. ދިވެހިބަހުގައި ތައުޙީދަށް ތާޙީދު ކިއިދާނެކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ބުރަވެވެއެވެ. އެފޮތަކީ ހިޖުރީ ސަނަތުން 1150 ވަނައަހަރު ލިޔެވިފައިވާ ދިވެހިބަހުގެ ފެންނަން އޮތް އެންމެ މުސްކުޅި އެއް މަސައްކަތެވެ. ފުރަތަމަ ރައިވަރުގައި އެދުރު ޢުމަރުކަލޭގެފާނު ލިޔުއްވައެވެ.

އެންމެފަހުން ބަދަލުގެނެވުނީ ހޮނިހިރު, 03 މާރޗް 2012 00:17
 
ތީ މީގެ ފަހުން އަހަރެންގެ އަންހެނުންނެއް ނޫނެވެ
ސަމާސާއަދަބު - ދިވެހި ޖޯކު
ހުކުރު, 02 މާރޗް 2012 23:46

އަންހެނަކު ސިޑިން އަރައަރާ ހުއްޓާ އޭނާގެ ފިރިމީހާ ކަމަކާއި ރުޅި އައިސްގެން އޭނާއާއި ދިމާއަށް ލޯއަޅާލާފައި އެބަބުނެއެވެ.
"
ކަލޭ ތިޔަ ސިޑިން މައްޗަށް ފިޔަވަޅެއް އެޅިޔަސް، ސިޑި މަތީ ތި ފިޔަވަޅު މަތީ ހުއްޓި ހުއްޓަސް، އަދި ތިރިޔަށް ފިޔަވަޅެއް އެޅިޔަސް ތީ މީގެ ފަހުން އަހަރެންގެ އަންހެނުންނެއް ނޫނެވެ. "

އެންމެފަހުން ބަދަލުގެނެވުނީ ހޮނިހިރު, 03 މާރޗް 2012 00:05
 
ދިވެހި ބަސް
ދިވެހިބަސް - މާދަރީބަސް
ހުކުރު, 02 މާރޗް 2012 23:06

ބަހަކީ ޤައުމިއްޔަތުގެ އެން އަސާސެވެ. ޤައުމު ކުރިއަރައިގެން ދިއުމުގައި ބަސް މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް ލިޔެކިޔުމަށާ މުއާސަލާތުކުރުމަށް ބަހަކަށްބޭނުންވެއެވެ. ހަމަމިއާއެކު މަންމަނުންނާ ކުޑަކުދިން އަދި ޖަނަވާރުންވެސް އެކަތި އަނެކައްޗާ މުއާމަލާތުކުރުމަށް ބަހެއްބޭނުންވެއެވެ. ވުމާއެކު ބަހަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. އެގޮތުންބަލާއިރު އަޅުގަނޑުމެންގެ ދިވެހިބަހަކީވެސް ނުހަނު ބޭނުންތެރި ބަހެކެވެ. އަދި ދިވެހި ބަހަކީވެސް ދިގު ތާރީހެއް އޮތް ބަހެކެވެ.

އެންމެފަހުން ބަދަލުގެނެވުނީ ހުކުރު, 02 މާރޗް 2012 23:28
 


ހޯދުމަށް

 

ހިޔާލުހުށަހަޅުއްވާ

މިސައިޓުބޭނުންކުރެވޭނީ؟
 

free counters

މިވަގުތު މިސައިޓުގައި

މިވަގުތު 2 މެހެމާނުން މިސައިޓުގައި
 : ހުޅުދާން