hulhudhaan.com

ރައިވަރު ޝަރަޙަ 1
ބުދަ, 16 މާރޗް 2011 10:59

ޙައްވާ ޝިމާނާ، ދޯދި / ހދ.ނޭކުރެންދޫ

 

ރިންކުގޮސް ފަތިހުގާ ( ފަތިހުގާ ކުރިންގޮސް )

މިންނެތް ވަރަށް އެންދަމާ ( މިންނެތް ވަރަށް އެންދަމާ )

ތިންދެހިޔަ ބައިގެން ގޮދާ ( ދެތިންހިޔަ ގޮދާ ބައިގެން )

ކިންވަ އަވަހަށް ލެފީމާ ( އަވަހަށް ލެފީމާ ވަކިން )

ދިން ގޮތަކުން ށަށް ބަހާފާމަ ( މަށަށް ބަހާފާ ދިން ގޮތަކުން )

ތިންވީ ފޫހި ކާފާމަ ( ކާފާ މަތިން ފޫހިވީ )

ޝަރަޙަ

ފަތިހުގާ ކުރިންގޮސް މިންނެތްވަރަށް އެންދަމާ ދެތިން ހިޔަ ގޮދާ ބައިގެން ވަކިން އަވަހަށް ލެފީމާ މަށަށް މަސް ބަހާފާ ދިން ގޮތަކުން ކާފަ މަތިން ފޫހިވެއްޖެއެވެ.

އިންސާނުން އެއްބަޔަކު އަނެއްބަޔަކާއި އެހީތެރިވެ އުޅުމަކީ ޤުދުރަތުންވެސް ލައްވާފައިވާ ރީތި އާދައެކެވެ.މިގޮތުން އެންމެ އެވޭލާ ޒަމާނުން ފެށިގެން ދިވެހިންގެ ކިބައިގާ އެކުވެރިކަމާއި އަޚުވަންތަކަން އެކުލެވިގެން ވެއެވެ. ތަނަވަސްކަމުގައި ދިރިއުޅެމުންދިޔަ މީހުން ނިކަމެތި ހާލުގައި ދިރިއުޅުން ވޭތުކުރަމުން ދިޔަ މީހުންނަށް ކާބޯތަކެއްޗާއި، އަންނައުނާއި، ދިރިއުޅުމުގެ އެހެނިހެން ބޭނުންތައް ފުއްދައިދެމުން ދިޔައެވެ. ބައެއްމީހުން ތަނަވަސްކަމުގެ އެހީތެރިކަން ފޯރުވަމުން ދިޔައީ އެބައިމީހުންގެ ވިޔަފާރީގެ ކަންތައްތައް ކުރިއެރުވުމުގެ ބޭނުމުގައެވެ. އަނެއްބަޔަކު ގެދޮރުއެޅުމާއި ގޭތެރޭގެ އެހެނިހެން މަސައްކަތް ކުރުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް ފުދުންތެރިމީހުން ދެރަވަރު މީހުންލައްވާ ދިރިއުޅުން ތަރައްޤީކުރުމަށް

މަސައްކަތް ކުރުވަމުން ގެންދެއެވެ. އާޚިރު ނަތީޖާއަކީ މިދަންނަވާފަދަ ފުދުންތެރި މީހުންނަށް ތަނަވަސްކަން ލިބި ހުރިހާ އުފަލަކާއި އަރާމެއް ލިބުމުން އެއްކަލަ "އެހީތެރިޔާގެ" މަތިން މުޅިން ހަދާން ނެތެއެވެ. އަދިއެތަނަވަސްކަން ހޯދައި ދިނުމަށްޓަކައި ގުދާރަ ބިނދެންދެން މަސައްކަތް ކޮށްދިން "ބައިވެރިޔާ " އެއްފަރާތް ކޮށްލައެވެ. މިއީ ދުނިޔޭގެ ކަންހިނގާ އާދައެވެ. އާޚިރަތަށްވުރެ ދުނިޔޭގެ އެދުން ބޮޑުވެއްޖެ ކޮންމެމީހެއްގެވެސް ކަންތައް ހުންނަގޮތެވެ. ތިމާއަށް ތަނަވަސްކަން ލިބި އާރާއި ބާރު ލިބުމުން ގާތްތިމާގެ މީހުންނާއި ، އުފަންދަރިން ، އަދި އެންމެގާތް އެކުވެރިންގެ މަތިންވެސް ހަދާންނެތެއެވެ. ތިމާގެ އަތުން އެއްވެސް އެއްޗެއް މީހަކަށް ދޭކަށް ބޭނުމެއް ނުވެއެވެ. ދިވެހިރާއްޖޭގެ އަދުގެ ހާލަތަށް ވިސްނާލާއިރުވެސް މިފަދައެތައްބަޔަކު ފެންނަމުން ދެއެވެ. ކޮންޓެކްޓްމަސައްކަތް ކުރުމަށް މީހުން ގެންދެއެވެ. އަދިއެމީހުން ލައްވާ ބުރަކޮށް މަސައްކަތް ކުރުވައެވެ. ނަމަވެސް އެމީހުންނަށް ހައްޤުވާ އުޖޫރަ ދޭން ޖެހުނީމަ އޮންނަނީ ބޮޑުކަމަކަށް ވެފައެވެ.

ޅެންވެރިޔާގެ އަގުހުރި ވާހަކަކޮޅުން ދޭހަކޮށްދެނީ އާޚިރަތުގެ ކަންކަންމަތިން ހަދާންނެތި ދުނިޔޭގެ އެދުންވެރިކަން ބޮޑުވެއްޖެނަމަ ތިމާއަށް ތިމާއޮޅި ދެދުނިޔޭގެ އުފަލުންވެސް މަޙުރޫމް ވެގެން ހިނގައިދާނެކަމެވެ. މިފަދަ މީހުން ބޭނުންވާނީ އެމީހުންގެ އަންބޮނޑި ބޮޑުކުރާށެވެ. އަދި މިކަމަކީ ތިމާމަތިން އެހެން މީހުން ފޫހިވާނެކަމެވެ. މިފަދަ ގޮތްގޮތަށް މަސައްކަތް ކުރަމުންދާ މީހުންގެ އަތްދަށުނުވެ އުޅެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރެފަރެންސް

*އާދަމްޒާހިރު (2000 ) ރައިވަރު ( އަތްމަތީކަރުދާސް )ފެކަލްޓީއޮފް އެޑިޔުކޭޝަން

*ޑީ.ޕީ.އީ ( 2000 ) 2000 ވަނަ އަހަރު ސެކަންޑަރީ ސްކޫލް ސެޓިފިކެޓު އިމްތިހާންގެ މާކިންގސްކީމް : މާލެ.ޑީ.ޕީ.އީ.

( މަތީގައިވާ ރެފަރެންސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ރައިވަރު ކަރުދާހަކުން ނަގާފައިވާ ރައިވަރެއް )

 

އެންމެފަހުން ބަދަލުގެނެވުނީ ބުދަ, 16 މާރޗް 2011 11:06
 

Add comment


Security code
Refresh

ހޯދުމަށް

 

ހިޔާލުހުށަހަޅުއްވާ

މިސައިޓުބޭނުންކުރެވޭނީ؟
 

free counters

މިވަގުތު މިސައިޓުގައި

މިވަގުތު 6 މެހެމާނުން މިސައިޓުގައި
 : ހުޅުދާން ވަޒަންބަހުރުވަ ރައިވަރު ރައިވަރު ޝަރަޙަ 1